އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 5-1ގެ ނަތީޖާ އަކުން ފަސޭހަ ކަމާއެކު ޗެލްސީ މޮޅުވެއްޖެ އެވެ.

ރޭގެ މޮޅާއެކީ ޗެލްސީ މިހާރު އޮތީ 33 ޕޮއިންޓާއެކީ ލީގުގެ 12 ވަނާގައެވެ. ޗެލްސީ އަތުން ރޭ ބަލިވި ނިއުކާސަލް އޮތީ 24 ޕޮއިންޓާއެކީ ލީގުގެ 18 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 53 ޕޮއިންޓާއެކީ އޮތީ ލެސްޓަ ސިޓީއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެ މެޗުގައި ފުރަތަމަ ހާފްގައި ޑިއެގޯ ކޯސްޓާ އާއި ޕެޑްރޯ ރޮޑްރިގޭޒް ގެ އިތުރުން ވިލިއަން ގެ ގޯލުން އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.

ދެވަނަ ހާފްގައި ޗެލްސީއަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ ރޮޑްރިގޭޒްގެ އިތުރުން ޓްރައޮރޭގެ ގޯލުންނެވެ. އަދި ޗެލްސީ ކޮޅަށް ނިއުކާސަލްއިން ޖެހި ހަމަ އެކަނި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑްރޮސް އެވެ.

އެ މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ވަނީ އަނިޔާވެގެން ބަދަލު ކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގޫސް ހިޑިންކް ބުނީ އޭނާ އަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާ އެއް ކަން އިގޭނީ މިއަދު ހަދާ ޓެސްޓްތަކަށް ފުހު ކަމަށާއި ދެ ދެވަސް ތެރޭގައި މުޅިނެ ފީޓްވެ ޗެމްޕިއަންސް ލީގްގައި ޕީއެސްޖީއާ ދެކޮޅަށް ނިކުންނަ މެޗުގައި ނިފެނި ދާނެ ކަމަށެވެ.

"ކުރިއަށް އެފްއޭ ކަޕްވެސް އިބަ އޮތް. އެހެން ކަމުން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ޓެރީ ނުފެނިދާނެ. އެއްކޮށް ފިޓް ނޫން އެއްވެސް ކުޅުންތެރިއަކު ބޭނުމެއް ނުކުރާނަން އެ މެޗުގައެއް،" ހިޑިންކް ބުންޏެވެ.