ޔުނިސެފްގެ އެހީގައި ކުޑަކުދިންނާ ގުޅޭ ޚަބަރާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތަކާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ދައުރާއި މަސައްކަތްތައް ހާމަކޮށްދިނުމުގެ ގޮތުން ފ. އަތޮޅަށް ދަތުރެއްކޮށްފި އެވެ.

އެމްއެމްސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެ އަތޮޅަށް ކުރި ދަތުރުގައި ފ. މަގޫދޫ ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން އަދި މަގޫދޫ ކައުންސިލް މެމްބަރުންނާއި ޓީޗަރުންނަށް މައުލޫމާތު ދިން ކަމަށެވެ. އެ ސެޝަންތަކުގައި ބެލެނިވެރިން، ޓީޗަރުން އަދި ކައުންސިލް މެމްބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 84 ބޭފުޅުންނާއި 25 ދަރިވަރުންނަށް ބައިވެރިވި ކަމަށެވެ. ދަރަނބޫދޫން ބެލެނިވެރިންނާއި ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 41 ބޭފުޅުންނާއި ދަރަނބޫދޫ ސްކޫލުން 13 ދަރިވަރަކު ބައިވަރަކަށް މައުލޫމާތުދިން ކަމަށެވެ. އަދި ނިލަންދޫ ސްކޫލުން 136 ދަރިވަރުން ބައިވެރިވެ، އަދި ބެލެނިވެރިންނާއި ޓީޗަރުން ހިމެނޭ ގޮތަށް 95 ބޭފުޅުންނަށް މައުލޫމާތު ދިން ކަމަށެވެ. އޭގެ އިތުރުން ފ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އަދި ފ. ނިލަންދޫ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 17 ބޭފުޅުންނާއި މައުލޫމާތު ހިއްސާކުރި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.