ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓައި، އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެއާޕޯޓުން ހިފެހައްޓާފައިވާ ބަނގުރާ ނައްތާލާފައި ވަނީ މާމިގިލީގަ އެވެ.

އެގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 300 މައްސަލައެއްގައި ހިމެނޭ 427 ފުޅިބަނގުރަލާއި 189 ދަޅު ބިޔަރެވެ.

އެ ތަކެތި ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.