14 Feb 2016, 10:08
ދާއިރާގެ ރައްޔިތުންގެ ތާއީދު ނުލިބި، ފެއިލްވެ، ފިއްލަވައިގެން އުޅުއްވާ ބޭފުޅުން ދައްކާ ވާހަކަ އަށް ސަރުކާރުން ދޭނެ ރައްދެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި ވެރިކަން ވައްޓާލާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ގޮތުން ގޮތް ހުސްވުމުން ކަމަށެވެ.
"Dhaairaage rayithunge thaaeedhu nulibi, fail ve, fillavaigen ulhuvvaa beyfulhun dhakkaa vaahaka ah sarukaarun dheyne raddheh noannaane" -im
— Ibrahim Muaz Ali (@SpokespersonMV)February 14, 2016
"Raees isthiufaa dhevvan jehey vaahaka aai verikan vattaalaa vaahaka idhikolhu faraaiythakun dhakkany, siyaasee gothun goiy husvumun" -im
— Ibrahim Muaz Ali (@SpokespersonMV)February 14, 2016
މުއާޒް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، ރައީސް ޔާމީން ދިވެހި ދައުލަތުގެ 30 ބިލިއަން ދިވެހި ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ހެކި ލިޔެކިޔުމުން ލިބިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖެ ޓީވީގެ ރޭގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީން ދައުލަތުގެ 30 ބިލިއަން 840 މިލިއަން ދިވެހި ރުފިޔާ އަށް ހިޔާނަތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރާ ކަމަށެވެ.
އަލީ ވަހީދުގެ ވާހަކަތަކާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ "ޖަވާބަކީ އަޅުގަނޑުގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ދެ ޓުވީޓު" ކަމަށެވެ.