ގޮވާ ޒާތުގެ އެއްޗެއް ފެނިގެން މުލިއާގެ ސަރަހައްދު ބަންދުކޮށް، ސަލާމަތީ ބާރުތަކުން އެސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަމުން އެބަދެ އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން، މުލީއާގޭ ފުރަގަހުން އަލިކިލެގެފާނު މަގުގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި ބޮން ޑިފިއުޒް ކުރުމަށް އަޅާ ޒާތުގެ ޔުނިފޯމެއް އަޅައިގެން ވެސް އެކަކު ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފަ އެވެ.

ގޮވާ ޒާތުގެ އެއްޗެއް ފެނިގެން މުލިއާގެ ސަރަހައްދު ބަންދުކޮށް، އެމްއެންޑީއެފްގެ އީއޯޑީ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަންފޮޓޯ: އަހުމަދު ޝަރުވާން

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އަދި މައުލޫމާތު ދެވެން ނެތް ކަމަށާއި ނަމަވެސް ފަހު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.