14 Feb 2016, 08:51
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު "ކުލުނު" ދޯނީގެ ހަބަރެއް ވެއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ބުނެފި އެވެ.
ކުލުނު ދޯނި ހޯދަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބ. އޭދަފުށިން ފުރިފަހުން ހަބަރެއް ނުވާތީ ކަމަށާއި އެ ދޯނި މަސްވެރިކަމަށް ނުކުމެފައި ވަނީ އޭދަފުށިން ކަމަށް އެދޯނީގެ ވެރިފަރާތުން މައުލޫމާތު ދިނުމުންނެވެ.
ނަމަވެސް އެމްއެންޑީއެފުން ރޭ ބުނީ ދޯނީގެ ހަބަރެއް އިއްޔެ ހެނދުނު ގާތްގަނޑަކަށް 06:30 އެހާކަންހާއިރު ވެފައިވާ ކަމަށާއި އޭރު އެ ދޯނި މާލެ އަތޮޅަށް ދަތުރުކުރަމުން އަންނަ ކަމަށް ދޯނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ދިގުމިނުގައި 73 ފޫޓް ހުރި ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދުގެކުލައިގެ ގެގަނޑެއް ލާފައި ދޯންޏެއް ކަމަށެވެ.