14 Feb 2016, 08:42
ތައިލެންޑަށް ދަތުރުކުރި އިނގިރޭސި ވިލާތުގެ އަންހެނަކު އޭނާގެ އަމިއްލަ ޕާސްޕޯޓުން ކަނޑު ކަނޑާފައި ވުމުގެ ސަބަބުން، އޭނާ ތައިލެންޑުން ޑީޕޯޓުކޮށްލައިފި އެވެ.
އުމުރުން 27 އަހަރުގެ ފޭ ވިލިއަމްސް ނަމަކަށް ކިޔާ މި އިނގިރޭސި މީހާ ތައިލެންޑަށް ދިޔައީ، ވަޒީފާ އަދާކުރުމަށް އޮސްޓްރޭލިޔާއަށް ދިއުމުގެ ކުރިން އެއްމަސް ދުވަހުގެ ޗުއްޓީއެއް ހަދައިލުމަށެވެ.
އެހެން ނަމަވެސް އޭނާ ތައިލެންޑުގެ އިމިގްރޭޝަނުގައި ހިފެހެއްޓީ އޭނާގެ ޕާސްޕޯޓުގައި މައްސަލައެއް އުޅޭތީ އެވެ. އެ ޕާސްޕޯޓުގެ ބައެއް ސޮފްހާތައް ވީދާފައި ހުރުމުގެ ސަބަބުން ތައިލެންޑުގެ އިމިގްރޭޝަނުން އޭނާއާ ސުވާލު ކުރި އެވެ.
ޖަވާބަކަށް ފޭ ބުނީ، އޭނާގެ ޕާސްޕޯޓުގައި ގަނޑު ކަނޑާފައި ވާނެ ކަމަށާއި، އޭނާ ޕާސްޕޯޓުން ގަނޑު ކެނޑީ، އޭނާ ދިޔަ ތަނެއްގެ ފާހަނާގައި ޓޮއިލެޓް ޕޭޕާ ނެތުމުގެ ސަބަބުން ކަމަށެވެ.
ފޭ ބުނީ، ޕާސްޕޯޓުން ގަނޑު ކެނޑުމަކީ މަނާ ކަމެއް ކަން އޭނާ އަށް ކުރިން އެނގިފައި ނުވާ ކަމަށެވެ. މިއާ އެކު، ތައިލެންޑުގެ އިމިގްރޭޝަނުން ވަނީ، ފޭ ވިލިއަމްސް އެގައުމަށް އެތެރެވިޔަ ނުދީ، އޭނާ އެގައުމުން ޑީޕޯޓު ކޮށްލައިފަ އެވެ.