13 Feb 2016, 23:19
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު " ކުލުނު" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ދޯނި އެންމެ ފަހުން ފުރާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބ. އޭދަފުށިން ކަމަށެވެ. އޭގެފަހުން އެ ދޯންޏާއި ގުޅިފައި ނުވާ ކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ދިގުމިނުގައި 73 ފޫޓްހުރި ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދުގެކުލައިގެ ގެގަނޑެއް ލާފައި ދޯންޏެއްކަމަށެވެ.
އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާލެއް ލިބިފައިވާ ފަރާތެއް ނަމަ ލަސްނުކޮށް އެމްއެންޑީއެފާ ގުޅުމަށް ވެސް އެފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ.