13 Feb 2016, 19:34
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ބަލިވެ ސެމީގެ ފުރުސަތު ގެއްލިއްޖެއެވެ.
ބަންގާޅު އަތުން ބަލިވެ ރާއްޖެއަށް ސެމީގެ ފުރުސަތު ގެއްލުނީ އަފްޣާނާއި ޕާކިސްތާނު ބައްދަލުކުރި މެޗުން ޕާކިސްތާނު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރުމުންނެވެ.
ރާއްޖެ އާއި ބަންގާޅު ކުޅުނު އެ މެޗު ބަންގާޅުން ކާމިޔާބުކުރީ 34 ލަނޑު 27 ލަނޑުންނެވެ.
އެ މުބާރާތުގައި ރާއްޖޭގެ ހޭންޑްބޯލް ޓީމް ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ވާދަކޮށް 17 ލަނޑު 17 ލަނޑުން އެއްވަރުވި އިރު ދެވަނަ މެޗުގައި އަފްގާނިސްތާން އަތުން ރާއްޖެ ވަނީ 48 ލަނޑު 13 ލަނޑުން މޮޅުވެފައެވެ. އަދި އެއީ ބައިނަލްއަގްވާމީ މުބާރާތެއްގެ މެޗަކުން ހޭންޑްބޯޅަ އަންހެން ޓީމު މޮޅުވި ފުރަތަމަ މެޗުކަން ވެސް ފާހަގަ ކޮށްލެވެއެވެ.