13 Feb 2016, 18:42
ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ބަންދުގައި ބަހައްޓައިގެން އަލްހާން ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން އަލްހާން ވަނީ މިއަދު ހައްޔަރުކޮށްފައި ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އަލްހާން ފަހުމީ އަކީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސެވެ. އޭނާ އެ މަގާމުން ދުރުކޮށްފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.