ބަމަކޯ (ފެބްރުއަރީ 13): އެފްރިކާގެ މާލީގައި ހުންނަ ޔޫއެންގެ އޮފީހަކަށް ދިން ހަމަލާއެއްގައި ޔޫއެންގެ ފަސް މެމްބަރަކު މަރާލައި 30 މީހަކު ޒަޚަމްކޮށްލައިފި ކަމަށް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެއްޖެ އެވެ.

ބަން ވަނީ އެހަމަލާ ކުށްވެރި ކުރައްވާފަ އެވެ. އަދި ޔޫއެންގެ "ޕީސްކީޕާސް" ނުވަތަ ގައުމުގެ ސުލްހައަށް މަސައްކަތް ކުރާ ފަރާތްތައް މެރުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބަން ވިދާޅުވި އެވެ.

ޔޫއެންގެ އޮފީހަށް ގޮވާތަކެތި އަޅާފައި ހުރި ވޭނެއް ވެއްދުމަށްފަހު އޮފީހުގައި ތިބި މީހުންނަށް ހަމަލާދިނީ މޯޓަރުންނާއި ބަޑިންކަމަށް ޔޫއެން ޕީސްކީޕިން މިޝަންގެ ތަރުޖަމާނު އޮލިވިއާ ސަލްގާޑޯ ވިދާޅުވި އެވެ.

އެހަމަލާގައި މަރުވި ޔޫއެންގެ ޕީސްކީޕާސްގެ ތެރެއިން ތިން މީހުންނަކީ އެފްރިކާގެ އެހެން ގައުމެއްކަމަށްވާ ގިނީގެ ރައްޔިތުން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ބާކީ ތިން މީހުންގެ މައުލޫމާތު އަދި އާއްމުކޮށްފައި ނުވެ އެވެ. (ބީބީސީ)