ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. އިހަވަންދޫން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

އިހަވަންދޫގައި ބަޔަކު ސިހުރު ހަދަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ އެކު އެމީހުން ހޯދަން މިދިޔަ މަހުގެ 14ވަނަ ދުވަހު އިހަވަންދޫގައި އޮޕަރޭޝަނެއް ހިންގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.