13 Feb 2016, 16:30
ކޮކާކޯލާގެ މީރު ބުއިން ރާއްޖެ އަށް ތައާރަފްކުރިތާ 25 އަހަރު ފުރުމުގެ މުނާސަބަތު މި އަހަރު އެ ކުންފުނިން ފާހަގަކުރަމުން އަންނަ އިރު، 45 ކަސްޓަމަރަކަށް ސްމާޓްފޯނު ދިނުމަށް ފަހު އެ ޕްރޮމޯޝަން މިއަދު ނިންމާލައިފި އެވެ.
ކޮކާކޯލާ އިން އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ސެމްސަންގް ފޯނުގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ހައިކް ކުންފުންޏާ އެކީގަ އެވެ.

ޑިސެމްބަރު 30 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 45 މީހަކަށް ސެމްސަންގް ބްރޭންޑުގެ އެންމެ ފަހުގެ ތަފާތު ފޯނުތައް ލިބުނެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ނޯޓް5 އާއި ގެލެކްސީ އޭ8 އާއި އެސް6 އެޖް އަދި އެޖް ޕްލަސް ފަދަ އަގުހުރި ފޯނުތައް ހިމެނެ އެވެ.
މިއަދު ސިޓްރަން ރެސްޓޯރެންޓްގައި ވަނީ އެ ޕްރޮމޯޝަންގެ ނިމުން ބާއްވައިފަ އެވެ. އެތަނަށް ގޮސްތިބި، ފޯނު ހޯދި ކަސްޓަމަރުން ބުނީ އެ އިން ގިނަ މީހުންނަށް ފޯނު ލިބިފައި ވަނީ "އެންމެ މަތިގަނޑެއްގަ އިން ކީވޯޑް އެސްއެމްއެސްކޮށްލައިގެން" ކަމަށެވެ.
"ވަރަށް އެކްސައިޓްވެފައި[ހައިރާންވެފައި] މިހުރީ. ފޯނު ހަލާކުވެގެން އުޅެނިކޮށް ޓީވީންޕްރޮމޯޝަންގެ އިޝްތިހާރު ފެނުނީމާ ކޯކް ފުޅިއެއް ގަނެގެން އެސްއެމްއެސް ކޮށްލީ. ކޮށްލައިގެން އެ ދުވަހުގެ ނަސީބުވެރިއަކަށް ހޮވިއްޖެ. އަޅުގަނޑަށް ލިބުނީ ސެމްސަންގް ގެލެކްސީ އެސްސިކްސް އެޖް ފޯނެއް. ވަރަށް އުފަލުން މިހުރީ،" 22 ވަނަ ދުވަހު ފޯނު ހޯދި ކަސްޓަމަރު ބުންޏެވެ.

ކޮކާކޯލާ ޕްރޮމޯޝަންގައި ބައިވެރިވި ކަސްޓަމަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކޮކާކޯލާ ރާއްޖެ އަށް ތައާރަފްކުރިތާ 25 އަހަރު ފާހަގަކުރުމަށް އެ ކުންފުނިން ވަނީ މި އަހަރު އިތުރު ޕްރޮމޯޝަންތަކެއް ވެސް ހިންގައިފަ އެވެ. އޭގެ ތެރޭގައި 12 ފަރާތަކަށް ޔަމަހާ ސައިކަލާއި ދެ މީހަކަށް ސިންގަޕޫރަށް ދަތުރެއް ވަނީ ދީފަ އެވެ. އޭގެ އިތުރުން "ކޯކް ޒީރޯ" ބުއިން ތައާރަފްކޮށްފައިވާ އިރު ކޮކާކޯލާގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު ޕެރިހުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.