ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔާ ހުސެއިން ފަރިޔާޒު ދޫކޮށްލައިފިއެވެ.

އޭނާ މިއަދު ހައްޔަރުކޮށްފައިވަނީ މިއަދު 1:00 ޖަހާކަންހާއިރު ރާއްޖެޓީވީގެ އިމާރާތުގެ ތެރޭގައި ހުއްޓާ ކޯޓް އަމުރަކައި ނުލާ ކަމަށް ރާއްޖެ ޓިވީން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެ ސަން އަށް ވިދާޅުވީ ފަރިޔާޒު ދޫކޮށްލާފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ފަރިޔާޒު ހައްޔަރުކުރީ ފުލުހުން ހިންގަމުންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ފޮޓޯ ނެގުމުން ނޫސްވެރިއެއްތޯ އޭނާއާއި ސުވާލު ކުރުމުން ވަނަވަރު ނުދީ ފިލަން މަސައްކަތްކުރުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކުށުގެ ތުހުމަތުގައި ކަމަށެވެ.