ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ފަރިޔާޒު ހައްޔަރުކޮށްފިއެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ މިއަދު ސަން އަށް ވިދާޅުވީ މިއަދު 1:00 ޖަހާކަންހާއިރު އެޓީވީގެ ނޫސްވެރިޔާ ފަރިޔާޒު އެޓީވީ ހިންގާ އިމާރާތުގެ ތެރޭގައި ހުއްޓައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުން ކަމަށް ބެލެވޭ ބަޔަކު އާދައިގެ ހެދުމުގައި ތިބިބަޔަކު އިމާރާތުގެ ތެރެއަށްވަދެ ޖަހައިގަނެގެން ގެންދިޔައީ. ކޯޓު އަމުރެއްނެތި ވަދެ ގެންދިޔައީ." ފިޔާޒު ވިދާޅުވިއެވެ.

ފިޔާޒު ވިދާޅުވީ އެނޫސްވެރިޔާ ހައްޔަރުކުރީ ކީއްވެގެން ސީދާ ބުނަން ނޭންގޭ ކަމަށާއި މައުލޫމާތު ލިބޭގޮތުގައި އެނޫސްވެރިޔާ ހައްޔަރުކުރީ ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަނެއްގެ ފޮޓޯނަގައިގެން ކަމަށެވެ.

ތަކުރާރުކޮށް ގުޅުމުންވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބް ނުދެއްވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.