13 Feb 2016, 12:13
ސްޕެނިސް ލަލީގާ އިން ހޮވާ މަހުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ފުރަތަމަ ފަހަރަށް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އަށް ލިބެއްޖެ އެވެ.
އެ އެވޯޑް 2013 ވަނަ އަހަރު ތައާރަފް ކޮށްފައިވާ އިރު މިއީ މެސީއަށް އެއެވޯޑް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. އޭނާގެ ކުރިން 22 ކުޅުންތެރިއަކު ވަނީ އެ އެވޯޑް ހޯދައިފަ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ފަސް ފަހަރަ ހޯދާފައިވާ މެސީގެ އިތުރުން ދެން އެ އެ އެވޯޑް ހާސިލްކުރި ބާސެލޯނާގެ ހަމައެކަނި ކުޅުންތެރިއަކީ ނޭމާ އެވެ.
މެސީ އެ އެވޯޑް ހާސިކުރި އިރު އޭނާ ވަނީ ބާސާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ވެސް ހަދައިފަ އެވެ.
ލަލީގާގެ އެންމެ މޮޅު ކުޅުންތެރިއާއަށްދޭ އެވޯޑް މިހާތަނަށް އެންމެ ގިނައިން ހޯދާފައި ވަނީ ދެ ފަހަރު އެ އެވޯޑް ހޯދައިގެން މެސީއާ އެންމެ ވާދަވެރި ކުރުސްޓިއާނޯ ރޮނާލޯޑާ އާއި އެތުލެޓިކޯ މެޑްރިޑްގެ ޑިއެގޯ ގޯޑިންގެ އިތުރުން އެންތޯނިއާ ގްރިޒްމެންނެވެ.