ޙާފިޡުންގެ ދަފުތަރެއް އެކުލަވައިލުމުމުގެ މަސައްކަތް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ފަށައިފި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ ޙާފިޡުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި ޙާފިޡުން ކަމުގެ ސަނަދު ލިބިފައިވުމާއި ގުރުއާނާ ބެހޭ މަރުކަޒުން ބާއްވާ ޤުރްއާން ކިޔެވުމުގެ ޝަފަވީ އިމްތިހާނަކުން ފާސްވުން ހިމެނޭ ކަމަށެވެ.

އެ ދަފުތަރުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ފޯމު މިމަހު 28 އިން ފެށިގެން އެ މަރުކަޒުން ދޫކުރަމުން ގެންދާނެ ކަމަށާއި ދަފުތަރުގައި ރަޖިސްޓަރީވުމަށް އަންނަ އޭޕްރީލު މަހުގެ 9ގެ ކުރިން ފޯމާއި ޙާފިޡު ކަމުގެ ސަނަދުގެ ކޮޕީއަކާ އެކު އެ މަރުކަޒަށް ހުށަހެޅުއްވުމަށް އެމަރުކަޒުން އެދެ އެވެ.

އެފަދަ ރަޖިސްޓްރީއެއް އެކުލަވާލަން ނިންމާފައިވާ އިރު ކީރިތި ގުރްއާން ހިތުދަސްކުރައްވާ ޙާފިޒުންނަށާއި ޙާފިޒާއިންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްސަ މެޑެލެއް ދަނީ ދެއްވަމުންނެވެ.