"ކޮރަޕްޝަން ޔަގީން"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މަހްލޫފާއާ އެކު އަމުރަށް ނުކިޔަމަންތެރިވި ހަތަރު މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ އެންމެނަށް ވެސް ނަސޭހަތްދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދުގެ މުޒާހަރާގައި މަހްލޫފު ހައްޔަރުކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފަ އެވެ. އެހެންކަމުން ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.