12 Feb 2016, 16:38
ސައުތު އޭޝިއަން ގޭމްސްގައި އަފުޣާނިސްތާންގެ މައްޗަށް 48-13 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ގައުމީ އަންހެން ހޭންޑްބޯލް ޓީމު މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މެޗްގައި ރާއްޖޭގެ ޓީމުން ކާމީޔާބު ކުރި 48 ލަނޑުގެ ތެރެއިން 13 ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ރިޝްމާއެވެ.

ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމު މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރޭން-- ސަން ފޮޓޯ: ހުސައިން ސިނާން/އިމޭޖަސް.އެމްވީ
ގޭމްސްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 17-17 އިން އެއްވަރުވެގެންނެވެ.
މާދަމަ ބަނގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗް އެއްވަރުކޮށްލައިގެން ނަމަވެސް ރާއްޖެއަށް ސެމީގެ ޖާގައެއް ލިބިގެންދާނެއެވެ.