12 Feb 2016, 12:28
ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަދިރި ކޮންޓްރޯލް ކުރުމަށް ގައުމީ ކެމްޕޭނޭއް މާދަމާ ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިން ނިންމައިފި އެވެ.
މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކެމްޕޭނުގައި، މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އޭގެ އިތުރުން ގޭގެއަށް ޒިޔާރަތްކޮށް، އާންމުންނަށް މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުންވެސް ކުރިއަށްދާނެ އެވެ.
ކަމާބެހޭ އެކި މުއައްސަސާތަކާ އެކު މާދަމާގެ މެންދުރު 14:00 އަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކެމްޕޭން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެޗްޕީއޭއިން މަދިރި ކޮންޓްރޯލް ކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމާފައި މިވަނީ މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގައި ވެސް އަންނަނީ ޒިކާ ވައިރަސް އިން ރައްކާތެރިވުމަށް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.