ރާއްޖެ ވަށައި ބުރު ޖެހުމަށް ދަތުރު ފަށާގައިވާ އަބްދުލްގަފޫރު އަލީ (ގައްބެ)، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދޫގައި ރޭ މަޑުކުރުމަށް ފަހު އުތުރަށް މިއަދު ދަތުރު ފައްޓައިފި އެވެ.

އެޓޯލް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކޫ) މިއަދު ސަން އަށް ވިދާޅުވީ، ގައްބެ މިއަދު ހިތަދޫން ފުރީ ހެނދުނު 9:30ގައި ކަމަށާއި ފުރި އިރު ވައި ހުރީ ގަޑިއަކު 0.5 ނޯޓިކަލް މޭލުގެ ބާރުމިނުގައި ކަމަށާއި ނަމަވެސް މިހާރު މަޑުމަޑުން ވައި ބާރުވަމުން އައިސް ގަޑިއަކު 1.5 މޭލުގެ ބާރުގައި މިހާރު ވައި ޖެހެމުން އަންނަ ކަމަށެވެ.

ގައްބެ އައްޑޫ ސިޓީގައި --

ސިކޫ ވިދާޅުވީ، ގައްބެ ފުރި އިރު ވައި ހުރީ އެއްވެސް ވަރަކަށް ކުރިއަށް ވެސް ނުދާ ވަރުގައި ކަމަށް ގައްބެ ބުނި ކަމަށެވެ.

"ހީވަނީ ހަމަ ކެޓަމަރާން ހަމަ އޮތްތަނުގައި އޮންނަހެން،" ގައްބެ އާ ހަވާލާދީ ސިކޫ ވިދާޅުވި އެވެ.

ސިކޫ ވިދާޅުވީ، ގައްބެ ދަތުރު ކުރަނީ ގދ. ފިޔޯރީއާ ދިމާލަށް ކަމަށާއި ވައި އުޅޭ ގޮތުން އެ ރަށަށް ފޯރާނެ އިރެއް ލަފާ ކުރުމަށް ދަތިކަމަށެވެ. އަދި އޭނާ ވިދާޅުވީ ގައްބެގެ ވިސްނުން ހުރީ މާދަމައަކީ ހުކުރު ދުވަސް ކަމަށްވާތީ ހުކުރު ދުވަހު ދަތުރު ނުކުރުން ކަމަށެވެ. އަދި ދަތުރު ކުރިއަސް ދަތުރު ފައްޓާނީ މެންދުރު ފަހުން ކަމަށާއި މެންދުރު ފަހުން ފުރައިގެން ޑެސްޓިނޭޝަން އަތުވާނެ ކަމުގެ ޔަގީން އޮތް ނަމަ ކަމަށެވެ.

ގައްބެ އައްޑޫ ސިޓީގައި --

ސިކޫ ވިދާޅުވީ، ގައްބެ އުންމީދު ކުރަނީ ޝެޑިއުލްކޮށްފައިވާ ގޮތަށް 23 ދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ބުރު ޖެހުމުގެ ދަތުރު ނިންމާލުން ކަމަށެވެ. ނަމަވެސް ގައްބެގެ ދަތުރުން މިހާރު ވެސް ތިން ދުވަހެއް ގެއްލިފައިވާތީ ހަތަރު ފަސް ދުވަހެއްގެ ލަސްވުމެއް އުޅެދާނެ ކަމަށް ސިކޫ ވިދާޅުވި އެވެ.

ގައްބެ އުތުރަށް މިއަދު ދަތުރު ފެއްޓި އިރު، އިއްޔެ އާއި ރޭ ވަނީ އައްޑޫ ސިޓީ އިން ގައްބެ އަށް ހޫނު ތަރުހީބެއް ދީފަ އެވެ.

ގައްބެ އައްޑޫ ސިޓީގައި : ހޫނު މަރުހަބާއެއް ކިޔި