ގެއެއްގެ ތިޖޫރީ ހަލާކުކޮށްލައިގެން ތިންލައްކަ ރުފިޔާ އާއި ތިރީސް ހާހަށްވުރެ ގިނަ ޑޮލަރާއި ގަހަނާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ މާފަންނު ގެއެއްގެ ތިން ވަނަ ބުރީގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އިއްޔެ ރޭގެ ވަގުތެއްގައި އެގެއަށް ވަދެ އެގޭގެ ތިޖޫރީ ހަލާކުކޮށްލާފައިވާ ކަމަށެވެ.

އެ ގޭގެ ތިޖޫރީއިން ތިންލައްކަ އެއްހާ ރުފިޔާ ވަގަށް ގެންގޮސްފައިވާއިރު އެގޭތެރޭގައި ހުރި 38000 އެމެރިކާޑޮލަރު ވަގަށް ގެންގޮސްފައިވާ އަގުބޮ އަތުކުރީ ގަޑިއާއި ރަންރިހީގެ ގަހަނާތައް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ތިން މީހުންނަކީ މ. މެދުރިޔާ ޖައުފަރު މުހައްމަދު 29، އާއި މާލޭ ދަފްތަރު އަހުމަދު ރިޔާޒް 29، އެވެ. މީގެ އިތުރުން ވެސް އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިތުރު މީހަކު ހޯދަން އިއުލާންކޮށްފަ އެވެ. އެގޮތުން ފުލުހުން ފޮޓޯ އާންމުކޮށްފައިވާ މީހަކީ މާލޭ ދަފްތަރު އަހުމަދު މުއާޒް 29، އެވެ. އޭނާގެ މައްސަލަ އެއް މީގެ ކުރިން ވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.