މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( މެދުވެރިކޮށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނު 947 މިލިޔަން ރުފިޔާގެ )ބިލިއަނެއްހާ ރުފިޔާ( 91 ޕަސެންޓަކީ ޔޫއެސް ޑޮލަރުން ލިބިފައިވާ އާމްދަނީ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

މީރާއިން އާންމުކުރި މި އަހަރުގެ ތިން މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 67 މިލިއަނަށް ވުރެ ގިނަ ޔޫއެސްޔޫއެސްޑޮލަރު ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ތިން މަހާއި އަޅާ ބަލާއިރު 72 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް މީރާއިން ބުންޏެވެ. އަދި އެއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލިބުނު 947 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 91 ޕަސެންޓެވެ.

ފިއުލް ރީއެކްސްޕޯޓު ރޯޔަލްޓީ އާއި ބޮޑު ކަންނެލީގެ އެކްސްޕޯޓު ރޯޔަލްޓީ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ޖުލައިމަހާ އަޅާބަލާއިރު 17 މިލިޔަން ރުފިޔާ މަދު ވެފަ އެވެ.
މީރާއިން ބުނީ "ނުލިބި ހުރި އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން" އަންނަ ކަމަށެވެ.

އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގަންނަ ފައިސާގެ ތެރޭގައި ވިޔަފާރިކުރުމަށް ދޫކުރެވިފައިވާ ބިންބިމުގެ ކުއްޔާއި، ބޭންކް ޕްރޮފިޓް ޓެކްސް އާއި، ރެވެނިއު ސްޓޭމްޕް ވިއްކައިގެން ލިބޭ ފައިސާއާއި، އަދި އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީތަކެތީގެ ފީ ފަދަ ފީ އަދި ޓެކްސްތައް ހިމެނެ އެވެ.