ވޮޝިންޓަން (ފެބްރުއަރީ 10): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވާ ޕާޓީތަކުން އިއްޔެ އެ ގައުމުގެ ނިއު ހޭމްޕްޝާ ސްޓޭޓްގައި ބޭއްވި ޕްރައިމަރީގައި ރިޕަބްލިކަން ޕާޓީން ކުރި ހޯއްދެވީ ޑޮނަލްޑް ޓްރަމްޕް އެވެ. އަދި ޑިމޮކްރަޓިކް ޕާޓީން ކުރިހޯއްދެވީ ބާނީ ސޭންޑާސް އެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ މައްޗަށް ކުރިހޯއްދެވި ވާމަންޓްގެ ސެނެޓާ ބާނީ ސޭންޑާސް ވިދާޅުވީ އޭގެ އިން އެނގިގެންދަނީ ގައުމުގެ ރައްޔިތުން ބޭނުންވަނީ "އަސްލު ބަދަލެއް" ކަން ކަމަށެވެ.

ރިޕަބްލިކަން ޕާޓީގައި ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނީ އޮހައޯގެ ގަވަރުނަރު، ޖޯން ކޭސިކްއަށެވެ. އަޔޯވާގައި މިދިޔަ ހަފްތާގައި އޮތް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީން ކުރިހޯއްދެވި ޓެޑް ކްރޫޒް އަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ. (ބީބީސީ)