10 Feb 2016, 10:12
ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ އާއި މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާޓު ކޯލީ ރައްޓެހިވެގެން އުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެ ދެ ތަރިން އަބަދު ވެސް ފާހަގަ ކުރެވެނީ ވަރަށް ލޯބިން އުޅޭ ދެ ތަރިންގެ ގޮތުގަ އެވެ.
އެހެންނަމަވެސް، "ބޮލީވުޑްގެ ބްރޭކް އަޕް ސީޒަން"ގެ ބައިވެރިންގެ ތެރޭގައި އެ ދެތަރިން ވެސް ހިމެނިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުން، ވިރާޓު ވަނީ އަނުޝްކާ އަކީ "ވަރަށް ކޮންޓްރޯލް ކުރާ ގާލްފްރެންޑް" އެކޭ ވެސް ބުނެފަ އެވެ. އަދި ދާދި ފަހުން އޭނާ ދިޔަ ޕާޓިއެއްގެ ތެރެއިން ވެސް، އޭނާ އަކީ "ސިންގަލް" މީހެއް ކަމަށް ބުނެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ހަމައެހެންމެ، ވިރާޓު އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ގޮސްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެގޮތުން ރައްޓެހިންނާ އެކު ފޮޓޯ ނެގުމާއި، ޕާޓީ ކުރުން އަދި ރައްޓެހިންނާ އެކު ވަގުތު ހޭދަ ކުރަން ފަށާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެފަދަ ގޮތަކަށް ހަބަރު ފެތުރުނު ނަމަވެސް، މިހާތަނަށް އައިއިރު އެ ދެ ތަރިން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މިދުވަސްވަރަކީ ބޮލީވުޑްގައި ވަރަށް ގިނަ ތަރިންގެ "ބްރޭކްއަޕް" ނުވަތަ "ވަރީ"ގެ ހަބަރުތައް ގިނަ ދުވަސް ވަރެކެވެ. ދާދިފަހުން ރަންބީރު އާއި ކެޓްރީނާ ރުޅިވެފައިވާ އިރު، އަރްބާޒް ހާން އާއި މަލައިކާ އާ ދެތަރިން ވަރިވާން އުޅޭކަމުގެ ހަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ.