ހައުސިން ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗެއާޕާސަން ކަމުގެ މަގާމަށް މއ. ފްލޮރިފާ އިސްމާއިލް އަލި މަނިކު އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިރޭ ސަން އަށް ވިދާޅުވީ މި މަހު 6 ވަނަ ދުވަހުން ފެށިގެން އޭނާ އެެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އަލި މަނިކަކީ ކުރިން ފިނޭންސް މިނިސްޓްރީގައި ޕާމަނަންޓް ސެކްޓްރީއެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ އަދި ފަހުން ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްޑީއެފްސީއަކީ ބޭރުގެ ފަރާތްތައް ވެސް ހިމެނޭ ބޮޑީ އެކެވެ. ކުރިން އެ މަގާމުގައި ހުންނެވީ ބޭރުގެ ބޭފުޅެކެވެ. އަދި ކޮންމެ ދެ އަހަރަކުން ދައުރުވާ އެ މަގާމުގައި، ކުރިއަށް އޮތް ދެ އަހަރު ހުންނަވާނީ އަލިމަނިކު ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުންޏެވެ.