ބާޒާރުން ފަސޭހަ ކަމާއެކު ލިބެން ހުންނަ "ކިވީ" އަކީ ހުތް ފޮނި ރަހައެއް ދޭ މީރު މޭވާ އެކެވެ. މީރު ރަހައާއެކު އެ މޭވާ އަކީ ހަށިގަނޑަށް ވެސް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެކެވެ.

ރީތި ހަންގަނޑަކަށް:

ކިވީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެން ވެއެވެ. ވިޓަމިންސީ އަކީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. އެ މާއްދާ އަކީ އިރުގެ ނުރައްކާތެރި ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އާދަކޮށް ކިވީ ބޭނުން ކުރާށެވެ.

ލޮލުގެ ސިއްހަތަށް:

ކިވީ ގައި ފައިޓޯ ކެމިކަލް ލުޓެއިން އެކުލެވެއެވެ. ލުޓެއިން އަކީ ކެރޮޓިނައިޑު ވިޓަމިން އެކެވެ. އެ ވިޓަމިން އަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޯ އަނދިރިވުމުން ހިމާޔަތްކޮށްދޭ ވިޓަމިން އެކެވެ. ހަމައެހެންމެ ލޮލަށް ލިބޭ އެކިއެކި ގެއްލުންތަކުންވެސް އެ ވިޓަމިން ލޯ ހިމާޔަތް ކޮށްދެއެވެ. އެހެންކަމުން ކިވީ ފަދަ ލުޓެއިން އެކުލެވޭ މޭވާ ގިނައިން ކެއުމަށް އާދަ ކުރަން ވާނެއެވެ.

ލޭގެ ޕްރެޝަރު ދަށް ކޮށްދޭ:

ކިވީގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ލޮނު އެކުލެވޭ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ހަށިގަނޑަށް ބޭނުން ވާވަރަށް ޕޮޓޭސިއަމް ނުލިބޭނަ ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތަކާ ކުރިމަތިވުން އެކަށީގެން ވެއެވެ.

ހިތުގެ ސިއްހަތަށް:

ކިވީގައި ޕޮޓޭސިއަމް އާއެކު ފައިބާވެސް އެކުލެވިގެން ވެއެވެ. އެ ދެ މާއްދާ އަކީ ހިތުގެ ދުޅަހެޔޮ ކަމަަށް ވަރަށް މުހިއްމު ދެ މާއްދާ އެކެވެ. ސޯޑިއަމް އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން މަދުކޮށް، ޕޮޓޭސިއަމް އެކުލެވޭ ކާނާ ގިނައިން ކެއުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭނެ ކަމެކެވެ.

ހަމައެހެންމެ ކިވީ ފަދަ ޕޮޓޭސިއަމް އެކުލެވޭ ކާނާ ބޭނުން ކުރާނަމަ، ސްޓްރޯކު ޖެހުމުން ދުރުކޮށްދީ، ކިޑުނީގައި ހިލަ އުފެދުުންވެސް މަދުކޮށް ދޭނެއެވެ.

އަސްމާ އިންވެސް ރައްކާތެރިކޮށްދޭ:

ކިވީ ފަދަ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާ ބޭނުން ކުރުމުން އަސްމާ ފަދަ ބަލިތަކުންވެސް ރައްކާތެރިކޮށް ދެއެވެ.