މަޝްހޫރު ޑިސްޓޯޕިއަން ފިލްމް ފްރެންޗައިޒް "ޑައިވާޖެންޓް"ގެ ދެވަނަ ފިލްމް "އިންސާޖެންޓް" އަދި ތިން ވަނަ ފިލްމް "އެލީޖެންޓް: ޕާޓް 1" ޑައިރެކްޓް ކުރުމަށް ފަހު އޭގެ އެންމެ ފަހު ފިލްމު ޑައިރެކްޓް ނުކުރާނެ ކަމަށް ރޮބާޓް ޝްވެންކޭ ބުނެފި އެވެ.

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "އެލީޖެންޓް: ޕާޓް 2"ގެ މަސައްކަތް ކުރާނެ ޑައިރެކްޓަރެއް މިހާރު ނެތް ކަމަށް ފިލްމު ނެރޭ ކުންފުނި ލަޔަންސްގޭޓް އިން ވަނީ ބުނެފަ އެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅުން ފަރާތެއްގެ ފަރާތުން މައުލޫމާތު ލިބުން ގޮތުގައި ޑައިވާޖެންޓްގެ ފަހަ ފިލްމު ޑައިރެކްޓް ނުކުރުމަށް އޭނާ ނިންމީ "ކުޑަ ބްރޭކެއް" ބޭނުން ވެގެން ކަމަށެވެ.

ޑައިވާޖެންޓްގެ ފުރަތަމަ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ނީލް ބާގާ އެވެ. އަދި އެ ފިލްމު ސިނަމާތަކަށް ނެރުމުގެ ކުރިން އޭނާ ވަނީ ޑައިރެކްޓަރުގެ މަގާމުން ވަކިވެފަ އެވެ.

ޑައިވާޖެންޓްގެ ތިންވަނަ ފިލްމުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިންމާފަ އެވެ. އެގޮތުން އެލީޖަންޓް ޕާޓް 1 ސިނަމާތަކުގައި މާޗު މަހުގެ 18 އިން ފެށިގެން ދައްކަން ފަށާނެ އެވެ. އެ ފިލްމަށް މިހާތަނަށް ވަނީ 600 މިލިއަން ޑޮލަރުގެ ކާމިޔާބީއެއް ލިބިފަ އެވެ.

ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މެދުތެރޭގަ އެވެ. އެގޮތުން ފިލްމު ފުރަތަމަ ނެރުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރުގެ މާޗު 24 ގަ އެވެ. ނަމަވެސް މިހާރު ވަނީ އެ ފިލްމު ނެރޭ ތާރީހު ޖޫން ނުވައަކަށް ބަދަލު ކޮށްފަ އެވެ.