08 Feb 2016, 22:19
އިންޑިއާގެ ގުވަހަތީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި އަފުގާނިސްތާންގެ އަސަދުﷲ ކަބީރާ ވާދަކޮށް ދެ ސެޓް އެއް ސެޓުން ކާމިޔާބު ހޯދައި ރާއްޖޭގެ ޓެނިސް ކުޅުންތެރިޔާ މުހައްމަދު ފާރިސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ކުޅުނު މެޗްގެ ފުރަތަމަ ސެޓް ފާރިސް ކާމިޔާބު ކުރީ 7-5 ންނެވެ. އަދި ދެ ވަނަ ސެޓް 6-4 ކަބީރު ކާމިޔާބު ކުރިއިރު މެޗުން މޮޅުވި ސެޓް ފާރިސް ކާމިޔާބު ކުރީ 6-4 ންނެވެ.
މުބާރާތުގެ ކްއާޓާ ފައިނަލުގައި މާދަމާ ފާރިސް ނިކުންނާނީ ލަންކާގެ ޑިސަޔަނަކަ ޝަރުމާލްއާ ދެކޮޅަށެވެ.
މަސްދަރު: ހަވީރު