08 Feb 2016, 14:51
ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ހަ ވަނަ ސިޓީއަކަށް މާދަމާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "ސަން"އަށް މިއަދު ވިދާޅުވީ، މޯލްޑިވިއަންއިން މާދަމާ ޗައިނާގެ ފޫޒޯ ސިޓީއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު މޯލްޑިވިއަންއިން ޗައިނާގެ ހަ މަންޒިލަކަށް ދަތުރުތައް އެވަނީ ފެށިފައެވެ.
ނަޝާތު ވިދާޅުވީ، އެދަތުރުތަކަކީ ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ކުރަން ނިންމާފައިވާ ދަތުރުތަކެއް ކަމަށެވެ.
މޯލްޑިވިއަންއިން މިހާރު ދަނީ ޗައިނާގެ ފަސް ސިޓީއަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޒިއާންއާއި ނަންޖިން އާއި ޗަންޝާ ހިމެނެއެވެ.