ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ގެ ދަތުރުފުޅުގައި ނ. އަތޮޅު ހޮޅުދޫ ނަރުދަމާ ހިދުމަތް ފައްޓަވައި ދެއްވައި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ހަމައެހެންމެ، އެ ދަތުރުފުޅުގައި ނ. އަތޮޅު ކުޑަފަރީގެ ނަރުދަމާގެ ހިދުމަތްތައް ވެސް ފައްޓަވާދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.