08 Feb 2016, 12:17
ބެންގަލޯ (ފެބްރުއަރީ 7): އިންޑިއާގެ ބެންގަލޯގެ ސްކޫލަކަށް ވަތް ފިރިހެން ލެޕަޑެއް ހިފަން އުޅުމުގެ ތެރޭގައި ހަ މީހަކަށް އަނިޔާވެއްޖެ އެވެ.
ބުޅާ އާއިލާގެ އެޖަނަވާރު ހިފަން ކުރި 10 ގަޑި އިރުގެ މަސައްކަތުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ސައިންސް އެންޑް ފޮރެސްޓްރީގެ މުވައްޒަފަކާއި ކޮންޒަވޭޝަން ސައިންޓިސްޓެއް ހިމެނުނެވެ.
"ލެޕާޑް ހިފަން ގިނަ އިރުވަންދެން މަސައްކަތް ކުރަން ޖެހުނު. ހޭނައްތާ ބޭސް ދިނުމަށް ފަހު ބޭހުގެ އަސަރު ކުރަންދެން މަޑުކުރަން ޖެހުނު،" ބެންގަލޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ވިބްޖިޔޯ ޕަބްލިކް ސްކޫލަށް ލެޕަޑް ވަނީ ބަންދު ދުވަހެއްގައި ކަމުން ސްކޫލްގެ އެއްވެސް ދަރިވަރަކަށް ވެސް އަދި ޓިޗަރަކަށް ވެސް އަނިޔާނުވެ އެވެ.
ސްކޫލު ކައިރީ އޮންނަ ޖަންގަލިއެއް ތެރެއިން އައި ކަމަށް ބެލެވޭ އެ ލެޕަޑް މިހާރު ވަނީ ނެޝަނަލް ޕާކަކަށް ބަދަލުކޮށްފަ އެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އިންޑިއާގެ ޖަނަވާރުތަކުގެ އާބާދީ ބެލުމަށް ދާދީ ފަހުން ހެދި ސެންސަސްއަކުން ދެއްކި ގޮތުގައި އެ ގައުމުގައި ލެޕަޑްގެ އާބާދީ އުޅެނީ 12،000އާ 14،000އާ ދެމެދު އެވެ. (ބީބީސީ)