07 Feb 2016, 20:08
ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތެކެތި ރާއްޖެ އަށް އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އިއްޔެ ހެނދުނު ސްރީލަންކާއިން ރާއްޖެ އައި އެމީހާގެ އެތެރެހަށި ސްކޭންކޮށް ބެލިއިރު އޭނާގެ ހަށިގަނޑުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އޭނާގެ ވަނަވަރެއް ކަސްޓަމްސްކުން އަދި ހާމައެއް ނުކުރެއެވެ.
ކަސްޓަމްސް އިން ބުނީ އޭނާގެ އެތެރެހަށިން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 34 ބުލެޓް މަސްތުވާތަކެތި ނަގާފައިވާއިރު އަދިވެސް އޭނާގެ ބަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ދަށްކާ ކަމަށެވެ.