07 Feb 2016, 17:34
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އާއި ޔޫރަޕިއަން ޕާލިމަންޓްގެ މެންބަރުންގެ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލު ކުރަށްވައިފިއެވެ.
ސީމެގް އާއި ޔޫރަޕިއަން ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނަމަވެސް އެބައްދަލުވުންތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެއެވެ.
ސީމެގްގެ ޓީމުގައި ހިމެނެނީ ސީމެގްގެ ވައިސް ޗެއާ ކާރލް ގްރީނިޖް، ވައިސް ޕްރެޒިޑެންޓް އެންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް ގުޔާނާ އެވެ. އޭގެ އިތުރުން ކެބިނެޓް ސެކެޓްރީ ފޮ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދާއި ފޮރިން ސެކެޓްރީ އޮފް އިންޑިއާ ވެސް މި ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.
ސީމެގާއި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ރާއްޖޭގެ ކަންކަން ހިނގާ ގޮތް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކުރުމަށް އެޓީމުން ވަނީ ނިންމާފައެވެ.

ޔޫރަޕިއަން ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން