މިސީޒަނަށް ތައްޔާރުވަމުންދާ އެންމެ ފަހުގެ ލީގު ޗެމްޕިއަން ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާ ގުޅުމަަށްޓަކައި ނައިޖީރިއާގެ ޑިފެންޑަރަކާއި ބަލްގޭރިއާގެ ޑިފެންޑަރަކު މިއަދު މާލެ އަތުވެއްޖެއެވެ.

ނިއުއާ ގުޅިނު މި ދެ ޑިފެންޑަރުންނަކީ ނައިޖީރިއާގެ މައިކްއާއި ބަލްގޭރިއާގެ ވިލްޗްކޯވް އެވެ.

މި ދެކުޅުންތެރިން ނިއުއާ ގުޅުމާއެކު އެޓީމަށް ވަނީ މިސީޒަނަށް ތިން ބިދޭސީ ކުޅުންތެރިން ގުޅިފައެވެ.

މިދިޔަ ހަފުތާގައި އެޓީމަށް ވަނީ ނައިޖީރިއާގެ ކީޕަރަކުވެސް ގުޅިފައެވެ.

ނިއުގެ މެނޭޖަރު އަމީން ފައިސަލް ވިދާޅުވީ، މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ނިއުގެ ފަރިތަ ކުރުންތަކުގައި މައިކްއާއި ވިލްޗްކޯވް ބައިވެރިވާނެ ކަމަށެވެ.