07 Feb 2016, 09:09
މި އަހަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ގާޔަލް ވަންސް އެގެއިން" ހިމެނޭނެ ކަމަށް ބެލެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އެ ފިލްމަށް އެ ދުވަހު އެކަނިވެސް، 7.20 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކާމިޔާބީތަކެއް ލިބި، 100 ކުރޯޑު ރުޕީސް ކުލަބުގައި ހިމެނޭނެ ކަމަށްވެސް ބެލެވެ އެވެ.
"ގާޔަލް ވަންސް އެގެއިން" ގެ ލީޑު ރޯލުން ފެނިގެންދަނީ ސަނީ ޑިއޯލް އާއި ސޯހާ އަލީ ޚާން އެވެ. އެ ފިލްމަކީ 1990 ވަނަ އަހަރު ރިލީޒު ކުރި ފިލްމު "ގާޔަލް" ގެ ސީކުއެލް އެކެވެ.
ގާޔަލްގެ ލީޑު ރޯލު އަދާ ކުރުމާއެކު ސަނީ ވަނީ އެ ފިލްމު ޑައިރެކްޓު ވެސް ކޮށްފައެވެ.
މި އަހަރު ސަނީގެ އިތުރު ފިލްމުތަކެއް ރިލީޒު ވާނެ ކަމަށް ބެލެވެއެވެ. "ގާޔަލް ވަންސް އެގެއިން" ގެ ޕްރޮމޯޝަން ޝޯ އެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން، ސަނީގެ ބައްޕަ ދަރްމެދުރަ ވަނީ އެފަދަ ސިގުނަލެއް ދީފައެވެ.