ފޭސްބުކް އިން ނިއުސްފީޑްގައި ތަކެތި ދައްކާ އުސޫލުން ތަކެތި ދެއްކުމުގެ ހިދުމަތް ޓްވިޓާގައި ވެސް ބޭނުން ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ޓްވިޓާގެ މިހާރުގެ ފީޑަކީ ޓްވީޓެއް ކުރުމުން އެ ކުރާ ވަގުތުގެ ތަރުތީބުން ޓްވީޓްތައް ދައްކާ ޕްލެޓްފޯމެކެވެ. ގިނަ ބަޔަކު ޓްވިޓާ އިހްތިޔާރުކުރާ އެއް ސަބަބަކީ ވެސް އެއީއެވެ. ނަމަވެސް ފޭސްބުކްގެ ނިއުސްފީޑުގެ އަލްގޮރިދަމްސް ބޭނުންކޮށްގެން ޓްވިޓާގެ ފީޑު ބަދަލު ކުރުމަށް ނިންމާފައިވުމުން ޓްވިޓާ ބޭނުންކުރާ އެތައް ބަޔަކު ދަނީ ޓްވިޓާގައި ނުރުހުން ފާޅު ކުރަމުންނެވެ.

އެގޮތުން ޓްވިޓާގެ ޓްރެންޑިންގެ އެންމެ މައްޗަށް "RIPTwitter#" އެރި ވަގުތުކޮޅެއްވެސް ދިޔައެވެ. ގިނަ ބަޔަކު ބުނާގޮތުގައި މިއީ ޓްވިޓާގެ ނިމުމުގެ ފެށުމެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހިދުމަތް އަންނަ ހަފްތާގައި ލޯންޗު ކުރުމަށް ޓްވިޓާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ޓްވިޓާ ޔޫޒަރުންގެ ޓައިމްލައިން ފޭސްބުކްގެ ނިއުސްފީޑާ އެއްގޮތް ކުރުމުން، މީގެ ހަފްތާއެއް ކުރިން ކޮށްފަ ހުންނަ ޓްވީޓްވެސް އެންމެ މައްޗަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.