މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ، މީދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ މީހާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 9:05 އެހާކަށް ހާއިރުއެވެ.

މީދޫގައި ސައިކަލަކުން ވެއްޓި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަފްރާސީމް ސައީދުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ ފުރަތަމަ ގެންގޮސްފައި ވަނީ ހުޅުދޫމީދީ ސިއްހީ މަރުކަޒަށެވެ. އެއަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އިތުރު ފަރުވާ މާލެ ގެނައީ ހޯމަ ދުވަހު އެވެ.