06 Feb 2016, 20:58
ޕިކަޕެއް ބޭނުންކޮށްގެން ޑިމޮކްރެސީ އާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ފޯރުކޮށްދެމުން ދަނިކޮށް އާންމުންގެ ބަޔަކު އެފަރާތްތައް މަސައްކަތް ކުރުމަށް ހުރަސް އަޅައިފި އެވެ.
ޑިމޮކްރަސީ ވީކް އާ ގުޅޭގޮތުންނާއި ޑިމޮކްރަސީ އާ ގުޅުންހުރި އެކި ކަހަލަ މައުލޫމާތު ދެމުން ދަނިކޮށް އާންމުންގެ ބަޔަކު އެއްވެ ކޮމިޝަންގެ މަސައްކަތައް ހުރަސްއަޅާފައިވަނީ އާޓިފިޝަލް ބީޗު ކުރިމަތިންނެވެ. އެވަގުތަކީ މަޣްރިބު ނަމާދުގެ ވަގުތަށް ޕިކަޕު، އާޓިފިޝަލް ބީޗު ކުރިމައްޗަށް މަޑުކޮށްފައިވާ ވަގުތެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވަނީ ބަޔަކު އެސަރަހައްދަށް މަޑުކޮށް އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތަށް ހުރަސް އަޅާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ސަރަހައްދަށް މަޑުކޮށްގެން، ކޮމިޝަންގެ މަސައްކަަތަށް ހުރަސް އަޅަން ތިބި ފަރާތްތައް ފޮނުވާލާފައިވަނީ އެސްއޯ ފުލުހުން އެތަނަށް ގޮސްފައެވެ.
އެ ކޮމިޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބާރު ދިނުމަށް އަކްރަމް ވަނީ ގޮވާލާފައެވެ.