"ޓެރަރިޒަމްއާ ގުޅުންހުރި" 125،000 އެކައުންޓެއް ޓުވިޓާ އިން ސަސްޕެންޑުކޮށްފި ކަމަށް އެކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރުގެ މެދު ތެރެއިން ފަށައިގެން ޓުވިޓާ އިން ބައެއް އެކައުންޓްތައް ފްރީޒް ކުރަން ފެށީ "ޓެރަރިސްޓު ހަމަލާ ދިނުމަށް ހިތްވަރުދިނުމުން ނުވަތަ އިންޒާރު ކުރުމުން" ކަމަށް ޓުވިޓާގެ ޕޮލިސީ ބްލޮގުގައިވެ އެވެ.

"ޓެރަރިޒަމްއަށް ހިތްވަރު ދިނުމަށް ޓުވިޓާ ބޭނުން ކުރުން އަޅުގަނޑުމެން ކުށްވެރިކުރަން. އަދި އެފަދަ ކަންތައް ކުރުމާއި، ކުރާނެކަމުގެ އިންޒާރު ދިނުމަކީ އަޅުގަނޑުމެން ހުއްދަ ކުރާ ކަމެއް ނޫން،" ޓުވިޓާގެ ބްލޮގުގައި އިއްޔެ ލިޔެފައިވެ އެވެ.

ޓުވިޓާ އިން އެއިއުލާންކޮށްފައި ވަނީ، ހަމަނުޖެހުންތައް ރޭވުމާއި އެފަދަ އަމަލުތައް ކުރަން މީހުން ޖަމާކުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅު އަޅަން އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުގެ ސަރުކާރުން ސޯޝަލް ނެޓްވޯކްތަކަށް ގޮވާލާފައި ވަނިކޮށެވެ.

މުޅި ދުނިޔެ އިން 15 މިލިއަންނަށް ވުރެ ގިނަ މީހުން ޓުވިޓާ ބޭނުންކުރެ އެވެ. (އޭފްޕީ)