ސްރިހާރްކޮޓާ : އިންޑިޔާއިން އެއްފަހަރާ 3 ސެޓަލައިޓް، ކާމިޔާބު ކަމާއެކު އިއްޔެ ފަޒާއަށް ފޮނުވާލައިފިއެވެ.
އެއްރޮކެޓްގައި ފޮނުވާލި މިތިން ސެޓަލައިޓްތަކަކ،ީ ރިސޯރަސް ސެޓް 2 އާއި ޔޫތް ސެޓް އާއި އެކްސް ސެޓްއެވެ. މިތިންސެޓަލައިޓާއެކު ފަޒާއަށްދިޔަ އިންޑިޔާގެ ބާރުގަދަ ރޮކެޓް އުދުއްސާލާފައިވަނީ ސްރިހާރްކޮޓާގެ ދަހްވާން ސްޕޭސް ސެންޓަރުންނެވެ.

އިންޑިޔަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަން "އިސްރޯ" ގެ ޗެއަރމަން ކާއި ރާދާ ކްރިޝްނާން ވިދާޅުވިގޮތުގައި "ބީ.އެސް.އެލް.ވީ.ސީ. ސިކްސްޓީން" ގެ ނަމުގައި ފަޒާއަށް ފޮނުވާލި މިރޮކެޓް، 18 މިނިއްޓުގެ ތެރޭގައި ވަނީ ބިމުގެ ސަތްޙުން ފެށިގެން 822 ކިލޯމީޓަރު މައްޗަށްގޮސް ސެޓަލައިޓްތައް ހަރުކުރާ އޯބިޓާ ހަމަކޮށްފައެވެ. އެއަށްފަހު ފަހަރަކު އެއްޗެއްގެ މަގުން މި 3 ސެޓަލައިޓްވެސް އެއަށް ޚާއްސަކުރެވިފައިވާ އޯބިޓް (ފަލަކް) ގައި ހަރުކުރުމުގެ ކަންތައް ކާމިޔާބު ވިކަން އިންޑިޔާގެ މަސްއޫލުވެރިޔާ ހާމަކުރެއްވިއެވެ. - ޔޫބީއައި / ޖަވާދު