06 Feb 2016, 14:40
ނ. އަތޮޅުގައި އޮންނަ ޒިތާލީ ކުޑަފުނަފަރު ރިސޯޓު 31 މިލިއަން ޑޮލަރު (475 މިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ރޮކްޒީ ޕެސިފިކް ހޯލްޑިންސް އަށް ވިއްކާލައިފި އެވެ.
ރޮކްސީ ޕެސިފިކް ހޯލްޑިންސްގެ ދަށުގައިވާ ރޮކްސީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ޒިތާލީ ރިސޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.
ޒިތާލީ ކުޑަފުނަފަރު ރިސޯޓު އެންޑް ސްޕާގައި 50 ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި 30 ވޯޓާ ވިލާ އާއި 20 ބީޗް ވިލާ ހިމެނެ އެވެ.
ޒިތާލީ ހިންގަމުން އައި ތްރީ އޭ ގްރޫޕުން އެރިސޯޓު ވިއްކާލުމުގެ މަސައްކަތް ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގުރޫޕާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.