05 Feb 2016, 19:08
ހޯމް މިނިސްޓްރީ ހިންގެވުން ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ސަން އަށް ވިދާޅުވީ ހޯމް މިނިސްޓްރީ ހިންގެވުން އާޒިމާއާ މިއަދު ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ޗުއްޓީއެއް ނެންގެވުމުން ކަމަށެވެ.
ޗުއްޓީ ނެންގެވުމަށްފަހު ހޯމް މިނިސްޓަރު އުމަރު މިހާރު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.
އާޒިމާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.