އިސްލާމްއާބާދު، ޒިންހުއާ، 04 ފެބްރުއަރީ) ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުގައި ބޭއްވި ޓެރަރިޒަމާ ދެކޮޅު ތަމްރީނުތަކެއްގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިފައިން ބައިވެރިވެއްޖެ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނީ ދެހަފްތާގެ މުއްދަތަށް ބޭއްވި އެ ތަމްރީނުތަކުގެ އަމާޒަކީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތައް ހިންގުން ކަމަށެވެ. އަދި މައިދާނުގައި ހަނގުރާމަކުރުމުގެ ތަޖުރިބާ އެ ތަމްރީނުތަކުގެ ބައިވެރިންނަށް ލިބިދީފައިވާ ކަމަށް ވެސް ބުންޏެވެ.

"ޒަރްބޭ އަޒްބު"ގެ ނަމުގައި ޕާކިސްތާނުގެ ޓެރަރިޒަމާ ދެކޮޅު ތަމްރީނު މަރުކަޒުގައި އެގައުމުގެ ސިފައިން ހިންގަމުން އަންނަ ތަމްރީނުތަކުގައި ބައިވެރިވުމަށް އެކުރި ގިނަ ދައުލަތްތަކަކުން އެދިފައިވާ ކަމަށް ޕާކިސްތާން އަސްކަރިއްޔާއިން ބުންޏެވެ.

ޕާކިސްތާނުން ކުރިން ވަނީ ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޗައިނާއާއި އުރުދުންގެ ސިފައިންނާ އެކު ގުޅިފައިވާ ތަމްރީނުތައް ހިންގާފަ އެވެ.

ޕާކިސްތާނުގެ ޕައްބީ ނަމަކަށް ކިޔާ ރަށުގައިވާ ޓެރަރިޒަމާ ދެކޮޅު ތަމްރީނުތައް ހިންގާ މަރުކަޒުގައި ޕާކިސްތާނާއި ރާއްޖެއާއި ސްރީލަންކާ ސިފައިން ގުޅިގެން ހިންގި ތަމްރީނުތައް ބައްލަވައިލެއްވުމަށް ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ރަހީލް ޝަރީފު ޒިޔާރަތްކުރެއްވި އެވެ. އެ ޒިޔާރަތުގައި އޭނާ ވިދާޅުވީ ގުޅިގެން ހިންގާ ތަމްރީނުތަކުގެ ސަބަބުން ތިން ގައުމުގެ ސިފައިންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެ، ސަރަހައްދުން ޓެރަރިޒަމް ފުހެލުމަށް މަގުފަހިވާނެ ކަމަށެވެ.