ސްޕެނިޝް ކަޕްގައި ރޭ ސެލްޓާ ޑި ވިގޯ 4-0ގެ ނަތީޖާ އަކުން ބަލިކޮށް ސެވިއްޔާ އިން ފައިނަލުގެ އުންމީދު ބޮޑު ކޮށްފިއެވެ.

ސެވިއްުޔާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ ލެގްގައި ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ސެވިއްޔާ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ކެވިން ގަމީރިއޯ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލަކަށް ހަދާ ނުލެވިފައެވެ.

ސެވިއްޔާ އަށް އެ މެޗުގައި ލީޑް ލިބިގެންދިޔައީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި އެޑިލް ރަމީގެ ގޯލުންނެވެ.

ދެވަނަ ހާފްގައި ސެވިއްޔާ ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާ އިރު ގަމީރިއޯ ވަނީ ދެ ގޯލު އެ ޓީމަށް ކާމިޔާބް ކޮށްދީފައެވެ. އަދި ފަހު ގޯލު ކާމިޔާބް ކޮށްދިނީ މައިކަލް ކްރޯން ޑެއްލީ އެވެ.

މި ދެ ޓީމް ވާދަކުރާ ސެމީ ފައިނަލް ދެވަނަ ލެގްގެ މެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު ސެލްޓާ ޑީ ވިގޯގެ ދަނޑުގައެވެ.