05 Feb 2016, 10:48
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 564.0 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގައި ރާއްޖޭގެ ރަސްމީ ރިޒާވް 564 މިލިއަން ޑޮލަރަށް އަރާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާ އިރު 8 ޕަސެންޓް ދަށް އަދަދެކެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 199.5 މިލިއަން ޑޮލަރެވެ.
ޔޫޒަބަލް ރިޒާވް މަހުން މަހުން ބަލާނަމަ އެއް ޕަސެންޓް އިތުރުވެފައިވާއިރު އަހަރުން އަހަރަށް ބަލާނަމަ 39 ޕަސެންޓް ވަނީ އިތުރުވެފައެވެ.