ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ދޫކޮށްފައިވާ ޓީބިލް އަދި ޓީ ބޮންޑުގެ އައުޓްސްޓޭންޑިން 20 ބިލިއަނަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ޓީބިލް އަދި ޓީ ބޮންޑުގެ އައުޓްސްޓޭންޑިން 20 ބިލިއަނަށް އަރާފައިވާއިރު އެއީ އަހަރުން އަހަރަށް ބަލާއިރު 14 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މަހުން މަހަށް ބަލާއިރު ތިން ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭއިން ބުނާގޮތުން ވިޔަފާރި ބޭންކްތަކާއި އެހެނިހެން ފަރާތްތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 13 ޕަސެންޓް އިތުރުވެފައެވެ. އެފަރާތްތަކުން ވަނީ 12.6 ބިލިއަން ރުފިޔާ ޓީބިލްގެ ގޮތުގައި އިންވެސްޓްކޮށްފައެވެ.

ޑިސެމްބަރު މަސް ނިމުނުއިރު ޓީ ބޮންޑުގެ އައުޓްސްޓޭންޑިން އަދަދަކީ 7.4 ބިލިއަންއެވެ. އެއީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅައިބަލާއިރު 979.2 މިލިއަން ރުފިޔާއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ޓީބިލްގެ އިންޓްރެސްޓް ރޭޓްތައް ދަށްކޮށްފައެވެ.