14:30


ހއ. ކެލާ ޑީއާރުޕީ ގޮފީގެ ނައިބު ރައީސް އާއި އެމްޑީޕީގެ މެމްބަރަކާ ދެމެދު މާރާމާރީ ހިންގައި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.


ކެލާ ކައުންސިލަރު ހަސަން ހަމީދު މިއަދު ވިދާޅުވީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްގެ ދެ މެދުގައި މިއަދު މެންދުރު އެ މާރާމާރީ ހިނގަން މެދުވެރިވީ އެ އާއިލާ މީހެއްގެ ދުވަސް ދުއްވާލަން އެތަނުން އެކަކު މަސައްކަތްކުރާ ކަމަށް ބުނެ ކަމަށެވެ. ބޮޑު ދެ ޕާޓީއަކަށް ނިސްބަތްވާ އެ ދެ މީހުންގެ ދެމެދުގައި ހިނގި އެ މާރާމާރީގައި އެކެއްގެ އަނގަމަތި ފަޅައިގެން ގޮސް އަދި އަނެކެއްގެ އިނގިލި ދުޅަވެ ކަންފަތްމަތި ވެސް ދުޅަވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މާރާމާރީ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.