04 Feb 2016, 10:31
(01 ފެބްރުއަރީގެ އަދަދާ ގުޅޭ)
عمرالفاروق رضى اللّـه عنــهނުހަނު އުފާފުޅުންأبوبكر رضى اللّـه عنــهއާމެދު ހިތްޕުޅު ސާފުކުރައްވަމުން، އަންނަނިވި އާޔަތް ވިދާޅުވިއެވެ.
"މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ ފަޟުލުވަންތަކަމުންނެވެ. (އެއީ) އަހުރެން ނިޢުމަތަށް ޝުކުރުކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ޝުކުރުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ އެ ޝުކުރުކުރާކަން ކަށަވަރީ، ހަމަ އޭނާގެ އަމިއްލަ ނަފުސަށެވެ. އަދި (ނިޢުމަތަށް) ދެކޮޅުހަދާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އަހުރެންގެ ވެރި ރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.(النّمل: 40)
أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاގެ ކާވެނިފުޅަށްފަހު، އެކަމަނާ އިތުރު ސާހިބާގެ ގަނޑުވަރަށް ފުރާތަކުރެއްވުމުގެ ކުރީން،عمر رضى اللّـه عنــهލޮބުވެތި ދަރިކަނބަލުންނަށް ހެޔޮހައި ނަސޭހަތާއި ވަސޭހަތް ދެއްވިއެވެ.عمرގެފާނު ވިދާޅުވިއެވެ. "ލޮބުވެތި ދަރިފުޅާއެވެ! ދަރިފުޅު ތިޔަ ދަނީ ދެދުނިޔޭގެ ސާހިބާގެ ގަނޑުވަރަށެވެ. އެމާތް ސާހިބާގެ އަރިހުގައި އުޅޭއިރު ފުރިހަމަ އަދަބު އިޙްތިރާމާއި ކިޔަމަންތެރިކަމާއެކު އުޅޭށެވެ!السّيّدة عائشة رضى اللّـه عنــهاއާ ވާދަކުރަން މަސައްކަތް ނުކުރާށެވެ. އެކަމަނާ ދަރިފުޅަށްވުރެ މާހެޔޮކަން ބޮޑެވެ. އެކަމަނާއަށް ހިތުގެ އަޑީން ކަމޭހިތާށެވެ. ބައްޕަގެ މިނަސޭހަތް ދުވަހަކުކޮޅުންވެސް ހަނދާންނައްތައި ނުލާށެވެ. ދަރިފުޅުގެ ނަސީބު ވަރަށް ރަނގަޅެވެ. އުފަލުން، ހިތްހަމަޖެހިގެން ހުންނާށެވެ!"
أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاކާވެނިފުޅަށްފަހު، އިތުރު ސާހިބާގެ ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއާއި އެކަމަނާގެ ގޭތެރޭގެ ދިރިއުޅުއްވުން ވަރަށް އޮމާނެވެ.أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاއިތުރު ސާހިބާގެ ގަނޑުވަރަށް ވަޑައިގެންނެވިއިރުވެސް، ހިސާބަކަށް ލިޔުއްވައި ކިޔުއްވަން ދެނެވަޑައިގަންނަވައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއިސްލާމީ އުންމަތުގެ މުޢައްލިމާއެއްގެ ޙައިޘިއްޔަތުން އެކަމަނާ ތަރުބިޔަތު ކުރައްވަން ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. އިސްލާމީ އުންމަތުގެ އަންހެންދަރީން ޢިލްމުގެ ގަހަނާއިން ޒީނަތްތެރި ކުރެއްވުމަކީ، އިތުރު ސާހިބާ ނުހަނު އަހަންމިއްޔަތު ދެއްވި މުހިންމަތެކެވެ.عدىّވަންހައިންحفصةގެ ދައިތާފުޅެއް ކަމުގައިވާالسّيّدة شفّاء بنت عبد اللّـه رضى اللّـه عنــهاއާ،حفصةއަށް އިތުރަށް އުނގަންނައިދެއްވުމާ ޙަވާލުކުރެއްވިއެވެ.أمّ المؤمنينއަކީ އެކަމަނާގެ ލޮބުވެތި ބައްޕާފުޅު ފަދައިން ނުހަނު ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. ކަންކަން އަވަހަށް ފަހުމުކުރެއްވޭ ބޭކަނބަލެކެވެ. އެހެންކަމުން، ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް އުނގެނިވަޑައިގެންނެވިއެވެ. ކީރިތި ޤުރްއާނުން ބާވައިލައްވަމުން ގެންދަވާ ހުރިހާ ބައިތަކެއް، ކައުސާހިބާގެ އިރްޝާދާ އެއްގޮތަށް ތަރުތީބުކުރައްވައި ބަލަހައްޓަވަމުން ގެންދެވުމުގެ ޤާބިލުކަން ވަރަށް އަވަހަށް ހޯއްދެވިއެވެ. ކީރިތި ޤުރްއާނުން ބާވައިލައްވާ ހުރިހާ އާޔަތްތަކެއް ދަސްކުރައްވަމުން ގެންދެވުމަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ގަނޑުވަރަށް ވަޑައިގެންނެވުމުގެ ކުރީންވެސްأمّ المؤمنينނުހަނު ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދެވި ކަމެކެވެ.
އިސްލާމްދީނުގެ އެންމެހައި ޙުކުމްތަކާއި، މުޢާމަލާތުތަކާއި، މައްސަލަތަކުގެ އެންމެފުނަށް ފީނާވަޑައިގެން، އެކަންކަމުގެ ބަތާނަފުށަށް ދަންދެން އޮޅުންފިލުއްވުމަކީ،أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاވަރަށް ބޮޑަށް ކުރައްވާހިތްޕުޅުވާ ކަމެކެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمއާ ވަރަށްގިނައިން ސުވާލު ކުރައްވައި އުޅުއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު، އެކަމަނާއަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. މިގޮތުން އެދެމަފިރިކަނބަލުންގެ މެދުގައި ހިނގައިދިޔަ ޙާދިޘާއެއް، ސީރަތު ފޮތްތަކުގައި ރިވާވެފައިވެއެވެ.
جابر بن عبد اللّـه الأنصارى رضى اللّـه عنــهރިވާކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައިأمّ مبشّر رضى اللّـه عنــهاވިދާޅުވިއެވެ. ތިމަން ކަމަނާ އެއްދުވަހަކުحفصةبنت عمرގެ އަރިހުގައި، އެކަމަނާގެ ކޮޓަރިކޮޅުގައި އިންނެވީމެވެ. ކައުސާހިބާصلّى اللّـه عليه وسلّمވެސް ވަޑައިގެން އިންނެވިއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ބަދުރުގެ އަހްލުވެރީންނާއި، (ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންނާއި) ޙުދައިބިއްޔާގެ އަހްލުވެރީން (ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުން) ނަރަކައަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެކަމަށް، ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ.أمّ المؤمنينالسّيّدة حفصة بنت عمرވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ! ތިޔަފަދައިންވާނީ ކިހިނަކުންތޯއެވެ؟ އަރަހުށި މާތްاللّـهވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.
"އަދި ތިޔަބައިމީހުންކުރެ ނަރަކަމަތީން ލައިފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވައިފައިވާ ކަމެއްކަމުގައިވިއެވެ."(مريم: 71)
އިންސާނިއްޔަތުގެ މުޢައްލިމްصلّى اللّـه عليه وسلّمޖަވާބު ދެއްވިއެވެ. އާނއެކެވެ. އެކަމަކު އޯގާވަންތަ، ރަޙީމުވަންތަ މާތްاللّـهކީރިތި ޤުރްއާނުގައި މިފަދައިންވެސް ވަޙީކުރައްވައިފައިވެއެވެ.
"ދެން ތިމަންރަސްކަލާނގެ ތަޤްވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ."(مريم: 72)
މި ޙާދިޘާގެ ޚަބަރު، މަދީނާގައި ޢާއްމުވިއެވެ.عمر الفاروق رضى اللّـه عنــهއަށް، އެ ޙާދިޘާގެ ޚަބަރު ލިބިވަޑައިގެންނެވުމުން، އަވަސްއަވަހަށް ވަޑައިގެން،أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاއަށް ނަސޭހަތްޕުޅު އެރުއްވިއެވެ.
"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު ތިޔަގޮތަށް ސުވާލުކޮށް، ޖަވާބު އަރުވައި ތިޔަހަދަނީ، މާތްاللّـهގެ ލޮބުވެތި ނަބިއްޔާصلّى اللّـه عليه وسلّمއަށެވެ. އެކަލޭގެފާނު ދެއްވާ އިރުޝާދުތައް، އަދަބުވެރިކަމާއެކު އަޑުއަހައި، ދަސްކޮށް ހަދާށެވެ. ތިޔަގޮތަށް ޖަވާބު އަރުވައި ނަހަދާށެވެ."
حفصة رضى اللّـه عنــهاވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ!عائشةވެސް މިގޮތަށް ސުވާލު ކުރައްވައި ޖަވާބު އަރުއްވައި ހައްދަވައެވެ."
عمرގެފާނު ވިދާޅުވިއެވެ. "ދަރިފުޅުގާތު އެންމެ ފުރަތަމަ ދުވަހުވެސް ބައްޕަ ވާނީ ބުނެފައެވެ.عائشةކޮޕީކުރަން ނުއުޅޭށެވެ. އެކަމަނާއާ ވާދަޔަށް ދުވަން ނަހަދާށެވެ. ފަހަރެއްގައި ދަރިފުޅަށް ގެއްލުމެއް ލިބިދާނެއެވެ. އަބަދުވެސް އަދަބު އިޙްތިރާމާއި ކިޔަމަންތެރިކަން ޚިޔާރު ކުރާށެވެ."
ކައުސާހިބާގެ ސިއްރެއް ފާޅުކުރެއްވުމާއި، ތަޙްރީމުގެ މައްސަލަ
أمّهات المؤمنينގެ ތެރެއިންالسّيّدة سودة بنت زمعةرضى اللّـه عنــهاއާއި،السّيّدة عائشة بنت أبى بكر رضى اللّـه عنــهاއާއި،السّيّدة حفصة بنت عمر رضى اللّـه عنــهاއާއި،السّيّدة أمّ سلمة رضى اللّـه عنــهاއާއި،السّيّدة أمّ حبيبة رضى اللّـه عنــهاއަކީ ޤުރައިޝުވަންހައިގެ ބޭކަނބަލުންނެވެ. ދެން ތިއްބެވި ބޭބޭކަނބަލުންނަކީ، އެހެނިހެން ޤަބީލާތަކުގެ ބޭކަނބަލުންނެވެ. ޤުރައިޝުވަންހައިގެ ބޭކަނބަލުންގެ މެދުގައި ޚާއްޞަ އެއްބައިވަންތަކަމެއް އޮވެއެވެ. ވަކީން ޚާއްޞަ ގޮތެއްގައި،سودةއާއި،عائشةއާއި،حفصةއާ ތިންބޭކަނބަލުންގެ ގުޅުން ބޮޑެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ އާދަފުޅަކީ، ކޮންމެ ދުވަހަކުވެސް، ޢަޞުރު ނަމާދަށްފަހު، ހުރިހާ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކަށް ވެދެވަޑައިގެން، އިރުކޮޅެއް ހޭދަކޮށްލެއްވުމެވެ. އެބޭކަނބަލުންގެ ހާލުކޮޅު އޮޅުންފިލުއްވައި، މުހުތާދުފުޅެއް އޮތްތޯ ބައްލަވައިލެއްވުމެވެ. ހުރިހާأمّهاتންވެސް ތިއްބަވަނީ، އެވަގުތުކޮޅުގެ އިންތިޒާރުގައެވެ. އެއްދުވަސްވަރަކު ދިމާވި ކަމެކެވެ. ކައުސާހިބާصلّى اللّـه عليه وسلّم، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ކޮޓަރިކޮޅުގައި ތަންކޮޅެއް ގިނައިރު މަޑުކޮށްލައްވައެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ހިތްޕުޅުގައި، ކައުސާހިބާصلّى اللّـه عليه وسلّمގެ މައްޗަށް އޮންނަ ލޯބިފުޅުގެ ސަބަބުން، އެކަމާމެދު ހަހުރަ އުފެދި،السّيّدة سودةއާއި،السّيّدة حفصةއާ އެކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެ ތިންބޭކަނބަލުން އެކަމުގެ ސަބަބު ހޯއްދެވުމުން އެނގިވަޑައިގަތީ،السّيّدة زينبގެ ތިމާގެފުޅު ބޭފުޅަކު، އެކަމަނާއަށް ވެދުމަކަށް މާމުއި ފޮނުއްވީކަމެވެ. އެކަމަނާ ކައުސާހިބާއަށް މާމުއި ހިއްޕަވަން އެރުވުމުން، މާމުއި ހިއްޕެވުމަށްޓަކައި އެކަމަނާގެ ކޮޓަރިކޮޅުގައި ތަންކޮޅެއް ލަސްވަނީކަމެވެ. މާމުޔަކީ، ކައުސާހިބާصلّى اللّـه عليه وسلّمއަށް ވަރަށް މީރުފުޅު އެއްޗެކެވެ. އިތުރު ސާހިބާއާމެދު ބަހައްޓަވާ އަދަބު އިޙްތިރާމުގެ ސަބަބުން، އެބޭކަނބަލުންނަށް އެކަމާ ސީދާ ވާހަކަ ދައްކަވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން، އެ ތިންބޭކަނބަލުންނާއި،أمّ المؤمنين السّيّدة صفيّةއާ ހަތަރު ބޭކަނބަލުން އެއްބަސްވެވަޑައިގަތީ، ކައުސާހިބާصلّى اللّـه عليه وسلّمއެބޭކަނބަލެއްގެ ކޮޓަރިކޮޅަށް ވަޑައިގަތުމުން، އިތުރު ސާހިބާގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ވާހަކަ ދެންނެވުމަށެވެ. މަޣާފީރަކީ، ޒަވި ވަހެއް ހުންނަ މަލެކެވެ. މާމުއި ކުޅަނދުރު އެމަލުން ފޮނުބުއިމުން، ބައެއްފަހަރު، މާމުއިގައިވެސް އެވަސް ހުންނަ ކަމުގައިވެއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއަނގަފުޅު ހުޅުއްވައިލެއްވުމުން، ފަޒާ އެއްވަސްވަނީ، ހުވަނދު ވަހުންނެވެ. އެހެންކަމުން، އިތުރު ސާހިބާގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ކަމުގައި، ހަތަރު އަނބިކަނބަލަކު ވިދާޅުވުމުން، އިތުރު ސާހިބާ ކަނޑައެޅުއްވީ، އެއީ މާމުއިގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. އިތުރު ސާހިބާއަކީ ސާފުތާހިރުކަމަށް ނުހަނު ލޯބިކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިކޮޅުން ޒަވި ވަހެއް ދުވުމަކީ، ހިތްޕުޅާ ހަމަކުރެއްވޭފަދަ ކަމަކަށް ނުވެއެވެ. އެހެންކަމުން، ހުވާގެ ޢިބާރަތް ބޭނުންކުރައްވަމުން، މާމުއި ފަރީއްނުކުޅުއްވާނެ ވާހަކަ ވިދާޅުވިއެވެ. އެވާހަކަ ވިދާޅުވިކަމުގައިވަނީ،أمّ المؤمنين السّيّدة حفصة رضى اللّـه عنــهاގެ އަރިހުގައެވެ. އެކަން ސިއްރު ކުރައްވަން އަންގަވަމުންނެވެ. އިތުރު ސާހިބާ އެކަން ސިއްރު ކުރައްވަން ބޭނުންފުޅުވީ،أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ހިތްޕުޅުގައި ޖެހިވަޑައިގެންފާނެތީއެވެ.
(ނުނިމޭ)