04 Feb 2016, 12:00
އައްޑޫ ސިޓީގެ މީދުއަށްއަށް ސާފު ބޯ ފެން ފޯރުކޮށް ދިނުމުގެ ގޮތުން ފެން ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް އިއްޔެ ފައްޓައިފި އެވެ.
މީދޫގައި ފެން ހޮޅި ވަޅުލުމުގެ މަސައްކަތް އަމަލީ ގޮތުން ފެއްޓެވުމަށް ފެނަކަ ކޯޕަރޭޝަން ހުޅުމީދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު އަބްދުﷲ ސޯލިހެވެ.
އެ ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ އޮފީސްތަކުގެ އިސްވެރީންނާއި މީދޫގެ ރަށްޔިތުން ވެސް ބައިވެރިވެފައިވެ އެވެ.
މީދުއަށްއަށް ސާފު ބޯ ފެން ފޯރުކޮށް ދިނުމުގެ ގޮތުން ފެން ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް މިއަދު ފެށުނުއިރު މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ހުޅުދޫގައި ވެސް މި މަސައްކަތް ތާޑް ޕާޓީ އުސޫލުން ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ހަވާލުކުރި ސްރީ ލަންކާގެ ޕިއުރިޓީ ކުންފުނިންނެވެ.
މީދޫގައި ފެންހޮޅިވަލުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު، ހުރިހާ ގޭބިސީއަކަށް ވެސް ފެން ހޮޅި އަޅާ ގޮތަށް ވަނީ ހަމަޖެފައެވެ.
ފެނަކަ އިން މިހާރު އަންނަނީ އައްޑޫގެ ގުޅިފައިވާ އެހެން ރަށްރަށުގައި ވެސް މި މަސައްކަތް ކުރަމުންނެވެ. އަދި ހުޅުދޫގައި ފެންހޮޅި ވަޅުލާ ގޭގެއަށް މީޓަރުވެސް ވަނީ ގުޅާ ނިންމާފަ އެވެ.
ދާދި ފަހުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި އައްޑޫގެ ހުރިހާ ގޭބިސީއަކަށް 2016 އަހަރު ސާފު ބޯ ފެން ލިބޭނެ ކަމަށެވެ.